ރާއްޖެއިން ކޮވިޑް ޖެހުނު 60 އިންސައްތަ މީހުން ބަލިން ރަނގަޅުވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 60 އިންސައްތަ މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

މިހާތަނަށް އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން 1217 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއީ 60 އިންސައްތައެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދަކީ 2013 އެވެ.

އެޗްޕީއޭއިން ވިދާޅުވީ ބަލިޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން އިތުރު 24 މީހަކު މިއަދު އިރުއޮއްސި 6 ޖެހުމާހަމައަށް ބަލިން ރަނގަޅުވެފައިވާކަމަށެވެ. މިއާއެކު ބަލިން ރަނގަޅުވީ މީހުންގެ ޖުމަލް އަދަދުވަނީ 1217 އަށް އިތުރުވެފައެވެ.

ރާއްޖޭގައި 1217 މީހަކު ބަލިން ފަސޭހަވެފައިވާ އިރު، މިހާރު ފަރުވާ ދެމުން އަންނަނީ 786 މީހުންނަށެވެ. މީގެ ތެރެއިން 8 މީހަކަށް ފަރުވާދެމުން އަންނަނީ ހިޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!