އިތުރު 24 މީހަކު ބަލިން ރަނގަޅު ވެއްޖެ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 24 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ބަލިޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން އިތުރު 24 މީހަކު މިއަދު އިރުއޮއްސި 6 ޖެހުމާހަމައަށް ބަލިން ރަނގަޅުވެފައިވާކަމަށެވެ. މިއާއެކު ބަލިން ރަނގަޅުވީ މީހުންގެ ޖުމަލް އަދަދުވަނީ 1217 އަށް އިތުރުވެފައެވެ.

ރާއްޖޭގައި 1217 މީހަކު ބަލިން ފަސޭހަވެފައިވާ އިރު، މިހާރު ފަރުވާ ދެމުން އަންނަނީ 786 މީހުންނަށެވެ. މީގެ ތެރެއިން 8 މީހަކަށް ފަރުވާދެމުން އަންނަނީ ހިޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!