މާލޭގައި ފާރެއް ވެއްޓި ދެ ގެޔަކަށް ގެއްލުން ވެއްޖެ

މިއަދު ހަވީރު ގަދަ ވަޔާ އެކު މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ ފާރު ވެއްޓި ދެ ގެއަކަށް ގެއްލުން ވެއްޖެ އެވެ.

މައުލޫމާތު ލިބުނު ގޮތުގައި ވެއްޓިފައި ވަނީ އިމާރާތެއްގައި ވަކިން އުސްކޮށް ރާނާފައިވާ ފާރުގެ ބައިތަކެއް ކަމަށާއި އަދި ފާރު ވެއްޓުނީ ހަދަމުން ދިޔަ ދެ އިމާރާތެއްގެ މައްޗަށެވެ.

މި ހާދިސާ ހިނގައިފައި ވަނީ ގަލޮޅު ރަތްވިލާ ގޯޅީގައި ހަދަމުންދާ އިމާރާތެއްގެ ފާރެވެ.

މި ހާދިސާ އާއި ގުޅިގެން މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ފާރު ވެއްޓުމުގެ ސަބަބުން ދެ ގެއަކަށް އެކި ވަރުގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

ފާރު ވެއްޓި ލިބުނު ގެއްލުންތަކަށް އިމާރާތުގެ ވެރިފަރާތުން ޒިންމާވެ، ސިޓީ ކައުންސިލާ ގުޅިގެން އެކަން ހައްލު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!