އެންސީއައިޓީގެ ބީލަމުގެ މަރުހަލާ ކުރިއަށް ގެންދާނެ ގޮތުގެ އުސޫލު އެކުލަވާލައިފި

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު އޮފީސްތަކުގެ މަސައްކަތްތައް ގޭގައި ތިބެގެން ކުރަންޖެހޭއިރު އެންސީއައިޓީގެ މަސައްކަތްތަކަށް ބޭނުންވާ ޚިދުމަތްތަކާއި ތަކެތި ގަތުމަށްޓަކައި ބީލަމުގެ މަރުހަލާ ކުރިއަށް ގެންދާނެ ގޮތުގެ އުސޫލު އެކުލަވާލައިފި އެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލިޖީން އާންމުކޮށްފައިވާ އުސޫލުގައި ވާގޮތުން، މި އުސޫލަށް އަމަލުކުރާނީ 35،000ރ. އިން މަތީގެ ތަކެތި ގަތުމުގަ އެވެ. ބީލަން ހުށަހެޅުމާއި ބީލަމާއި ގުޅުންހުރި ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނީ އޮންލައިންކޮށެވެ.

މި ބައްދަލުވުންތައް ބާއްވަން ޖެހޭނީ ހުރިހާ ފަރާތަކަށް ވެސް އެކްސެސްވެވޭ ޕްލެޓްފޯމެއްގައި ކަމަށާއި އަދި ހިލޭ ބޭނުންކުރެވޭ ފަދަ ޕްލެޓްފޯމުތަކަށް އިސްކަން ދިނުމަށް ވެސް ބުނެފައިވެ އެވެ. އަދި ބައްދަލުވުން ބާއްވަން ތައްޔާރުވާއިރު ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދިއުމަށް މުވައްޒަފުންގެ ފަރާތުން ލިބެންވާ އެހީތައް ވެސް އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

ބީލަން ހުށަހަޅަން ރަޖިސްޓްރީވާއިރު، އޮންލައިން ބައްދަލުވުންތަކުގައި މިނިސްޓްރީގެ ދައުރާއި، ބީލަން ހުށަހަޅާ ފަރާތުގެ އިންޓަނެޓް ކަނެކްޓިވިޓީ ނުވަތަ އެހެނިހެން ޓެކްނިކަލް މައްސަލައެއް ދިމާވެގެން ބައިވެރި ނުވެވިއްޖެ ނަމަ މިނިސްޓްރީން އެކަމުގެ ޒިންމާ ނުނަގާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އޮންލައިން ބީލަން ބައްދަލުވުންތައް ރިކޯޑުކޮށް ރައްކާކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރަޖިސްޓްރީވުމަށް ހުޅުވާލާ ފުރަތަމަ ފަހަރު މަދުވެގެން ތިން ފަރާތުން ކުރިމަތި ނުލައިފި ނަމަ އެ އިއުލާން އުވާލައި ދެވަނަ ފަހަރު އަނެއްކާ ވެސް ހުޅުވާލާނެ ކަމަށް އުސޫލުގައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!