މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ޓޫރިޒަމް މިނިސްޓްރީ ފެއިލްވެއްޖެ

މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ޓޫރިޒަމް މިނިސްޓްރީ ފެއިލްވެފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ.

ޓީމް އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރިސޯޓުތަކުން ރިޑަންޑެންސީގެ ހާލަތުގައި މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކިކުރާ މައްސަލަ ބަލައި އެކަން ހުއްޓުވަންޖެހޭ ކަމަށެވެ. އެގޮތުން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުން 180 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށާއި އޭގެތެރެއިން ގިނައިން ހިމެނެނީ ދިވެހިން ކަމަށްވެސް ޓީމް އިން ބުނެއެވެ.

އޭގެ އިތުރުންވެސް ބައެއް ރިސޯޓުތަކުން މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުންދާއިރު، އޭގެ ތެރެއިން 99 އިންސައްތަ މީހުންނަކީ ދިވެހިންކަން ވެސް ޓީމުން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ޓޫރިޒަމް މިނިސްޓްރީ ފެއިލްވެފައިވާ ކަމަށާއި މިއީ ފަތުރުވެރިކަމުގެ ސިނާއަތް ދިވެހިންނަށް ހާއްސަކުރަންވީ ވަގުތު ކަމަށްވެސް ޓީމް އިން ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!