އެމްޑީއެން އަށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް ސަލަފުން ގޮވާލައިފި

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާކޮށް ރިޕޯޓު ލިޔުނު އެމްޑީއަށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ޖަމިއްޔަތުއް ސަލަފް އިން ގޮވާލައިފިއެވެ.

ސަލަފް ޖަމިއްޔާ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ އެމްޑީއެން އުވާލި ފަހުން، އެ ޖަމިއްޔާގެ ނަމުގައި ސޯޝަލް މީޑިއާގައި އެކިއެކި ރަސްމީ ބަޔާންތަކާއި ޕޯސްޓްތައް ނެރެމުންދާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ މުއައްސަސާތަކާއި ދައުލަތުގެ އެންގުންތަކަށް ގޮންޖަހާ އެ ޖަމިއްޔާ ހިންގަމުންދާ ކަމަށެވެ.

ސަލަފް އިން ވަނީ އެމްޑީއެންގެ ރިޕޯޓް ލިޔުނު ފަރާތްތަކާ މެދު ފިޔަވަޅު އެޅުން އަވަސް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށާއި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލައިފަ އެވެ. އަދި އެމްޑީއެންގެ އިސް ފަރާތްތަކަށް އަވަސް ފިޔަވަޅެއް ނާޅާހާ ހިނދަކު ސަލަފުން ހުއްޓާނުލައި އެކަމަށް ގޮވާލާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ސަލަފުން ވަނީ ތަކުރާރުކޮށް އެމްޑީއެންގެ އިސް ފަރާތްތަކަށާއި އެ ރިޕޯޓް ލިޔުނު މީހުނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބަޔާނުގައި ގޮވާލާފަ އެވެ. އަދި . އެމްޑީއެން އުވާލިތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ފިޔަވަޅު އެޅުން ލަސްވާ ނަމަ ސަރުކާރުގެ އިސްވެރިންނާ މެދު އޮތް އިތުބާރު ގެއްލެމުންދާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!