11 އަހަރުގެ ކުއްޖާ ރޭޕްކުރި މީހާގެ ބަންދަށް 7 ދުވަސް

މާލޭގައި ގެސްޓް ހައުސްއެއްގެ ތެރޭގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގާ ހައްޔަރުކުރި މީހާގެ ބަންދަށް ހަތް ދުވަސް ކޯޓުން ދީފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ދެންމެ ބުނެފައިވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހަތް ދުވަހުގެ މުއްދަތެއް މިއަދު ވަނީ ދީފައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓައިދޭން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ކިބައިން އެދިފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އެގޮތަށް ނިންމާފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!