090221-N-4774B-002 MALDIVES (Feb. 21, 2009) Members of the Maldives National Defense Force Coast Guard approach the guided-missile cruiser USS Lake Champlain (CG 57). Lake Champlain is part of the Boxer Expeditionary Strike Group on a scheduled deployment to the Western Pacific in support of global maritime security. (U.S. Navy photo by Mass Communication Specialist 2nd Class Daniel Barker/Released)

ދެ ޑިންގީއެއް ދިޔަވާތީ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

ގދ.ހައުޑިގަލާއަށް ދަތުރު ދިއުމަށްފަހު ގދ.ތިނަދޫއަށް ދަތުރުކުރި ދެ ޑިންގީއަކަށް ދިޔަވާތީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ގދ.ހައުޑިގަލާއިން ގދ.ތިނަދޫއަށް ދަތުރުކުރި ދެ ޑިންގީއަކަށް ދިޔަވާތީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަންފޯރުކޮށްދީފައިވާކަމަށާއި އެއީ ގދ.ހައުޑިގަލާއަށް ދަތުރު ދިއުމަށްފަހު ގދ.ތިނަދޫއަށް ދަތުރުކުރި ދެ ޑިންގީއެއް ކަމަށެވެ. އަދި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)އަށް ލިބިފައިވަނީ މިއަދު 15:58 ހާއިރު ކަމަށް އާޒިމް ވިދާޅުވިއެވެ.

ހައުޑިގަލާއަށް ދަތުރުދިޔަ ދެޑިންގީގެ ތެރޭގައި ހިމެނެނީ ހަ މީހުންނާއެކު ދަތުރުކުރި “ރަންދިޔެ” ނަމަކަށް ކިޔާ ޑިންގީއަކާއި އަދި ފަސް މީހުންނާއެ ދަތުރުކުރި “ކުރި” ނަމަކަށް ކިޔާ ޑިންގީއެކެވެ. މި ދެ ޑިންގީގައި ތިބި ޖުމުލަ 11 މީހަކު، ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ވަނީ މިއަދު 17:15 ހާއިރު ގދ.ތިނަދޫއަށް ގެންގޮސްދީފައިވާކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!