ނޭޕާލުން އަންނަން ބޭނުންވާ ދިވެހިން އަވަހަށް އެންގުމަށް އެދިއްޖެ

ނޭޕާލުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް 19 އާ ގުޅިގެން ނޭޕާލްގައި ރާއްޖެ ނާދެވި ތިބި މީހުގެ ތެރެއިން މިމަހުގެ 15 އަދި 16 ވަނަ ދުވަހު ނޭޕާލުން ރާއްޖެއަށް އަންނަ ފްލައިޓްތަކުގައި އަންނަން ބޭނުންވާ ދިވެހިންނަށް ފުރުސަތު އެބަ އޮތް ކަމަށެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، މި ފްލައިޓުތަކުން އަންނަން ބޭނުންވާ ފަރާތްތަކަށް ރާއްޖެ އައުމަށް ބޭނުންވާ ހުއްދަ ދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މި ވަގުތު ރާއްޖެ އަންނަން 8 މީހަކު އެދިފައިވާކަން ފާހަގަކޮށް، ފޮރިން މިނިސްޓްރީން ވަނީ، ނޭޕާލުން ރާއްޖެ އަންނަން ބޭނުންވާ އިތުރު ދިވެހިން ތިބިނަމަ، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް އެންގުމަށް އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!