ބްލަޑް ބޭންކުގެ ސްޓޮކް ދަށްވެ ލޭ ހަދިޔާ ކޮށްދޭން އެދިއްޖެ

މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގެ ސްޓޮކްގައި ހުރި ލޭގެ މިންވަރު މަދުވަމުންދާތީ ލޭ ހަދިޔާކޮށްދިނުމަށް އެދިއްޖެއެވެ.

އެމްބީސީން ބުނީ މި ދުވަސްކޮޅު އަނެއްކާވެސް ލޭ ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ. އަދި ހުރިހާ ގްރޫޕެއްގެ ލޭވެސް ބޭނުން ޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ.

މާލެ ލޮކްޑައުންގައި އޮތް ނަމަވެސް ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން ތެލެސީމިއާ ސެންޓަރަށް ގުޅުމުން އެތަނަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އެ ސާވިސްއިން ބުނެ އެވެ.

 ލޭ ހަދިޔާކުރުމަށް އެޕޮއިންޓްމެންޓް ހަދަން ގުޅާނީ 3306089 އަށެވެ.

ލޭގެ ސްޓޮކް މަދުވަމުންދާތީ ލޭ ހަދިޔާކުރުމަށް މިދިޔަ މާޗު މަހުން ފެށިގެން އެކި ފަހަރު މަތިން އެމްބީއެސް އިން ވަނީ އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!