ގެސްޓްހައުސްތައް މިހާރަށްވުރެ ބޮޑަށް މޮނީޓާ ކުރެވެން ޖެހޭ: ޝަރީފް

އުމުރުން 11 އަހަރާއި 16 އަހަރުގެ ދެ ކުއްޖެއް މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި ރޭޕްކުރި މައްސަލަތަކެއް ދާދި ފަހުން ފެންމަތި ވެފައިވާއިރު، އެފަދަ ތަންތަން މޮނީޓާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާހިމް ޝަރީފު މިއަދު ކުރެއްވި ޓުވީޓޭއްގައި ވިދާޅުވީ، ގެސްޓް ހައުސްތައް މިހާރަށްވުރެ ބޮޑަށް މޮނީޓާ ކުރެވެން ޖެހޭ ކަމަށެވެ. އަދި ރޭޕްގެ މައްސަލަ ކުރިމަތިވި ގެސްޓް ހައުސް ބަންދު ކުރުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.

“ބެލެނިވެރިޔަކާ ނުލާ ކުޑަ ކުދިން ގެސްޓް ހައުސްތަކަށް ވެއްދިގެން ނުވާނެ. ރޭޕްގެ މައްސަލަ ކުރިމަތިވި ގެސްޓް ހައުސް ބަންދުކުރަން ޖެހޭ. އަޅުގަނޑުމެންގެ ޅަ ދަރިން ހިމާޔަތް ކުރަންޖެހޭ،” ޝަރީފު ވިދާޅުވިއެވެ.

އުމުރުން 11 އަހަރުގެ ކުއްޖަކު ގެސްޓްހައުސްއެއްގެ ތެރޭގައި ރޭޕްކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭ ވަނީ 38 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!