އެމްސީސީއިން އެންއީއޯސީއަށް ސިއްހީ ސާމާނު ހަދިޔާކޮށްފި

އެސްޓީއޯގެ ކޮންޓްރެކްޓަރެއް ކަމަށްވާ 23 މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް (އެމްސީސީ)އިން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ)އަށް ބޭނުންވާ ޕީޕީއީ އާއި އެހެނިހެން އާލާތްތަކެއް ހަދިޔާކޮށްފިއެވެ.

ސްޓީއޯއިން މިއަދު ބުނީ، ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެމްސީސީއިން ޕީޕީއީ ކިޓުތަކާއި، މާސްކާއި، އެހެނިހެން ސާމާނު ހަދިޔާކޮށްފައިވާ ކަމަށެވެ. އެގޮތުން ހަދިޔާ ކުރި 10 ފޮށީގެ ސާމާނުގެ ތެރޭގައި 4800 މާސްކާއި، 10 ޕީސީއެސް ޕްރޮޓެކްޓިކް ސޫޓު އަދި އިންފްރާރެޑް ތަމޯމީޓާ ގަންއާއި، ގޮގްލްއާއި، ސާޖިކަލް އަންގި އަދި ސެނިޓައިޒާ ފުޅި ހިމެނެއެވެ.

އެމްސީސގެ ފަރާތުން ތަކެތި އެސްޓީއޯއާ ހަވާލު ކުރެއްވީ އެ ކުންފުނީގެ ރާއްޖޭގެ ބްރާންޗުގެ މެނޭޖަރު ޗެން ޔުން އެވެ. އެ ކުންފުނިން ހަދިޔާ ކުރި ތަކެތި ވަނީ އެސްޓީއޯ މެދުވެރިކޮށް އެންއީއޯސީއާ ހަވާލުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!