ގެސްޓްހައުސްތަކުގެ ކޮޓަރިތައް ދޫކުރަނީ ހުއްދަނެތި: އާކް

މާލޭގެ ގެސްޓްހައުސްގައި މި ފަހުން ކުޑަ ދެ ކުއްޖަކު ރޭޕްކޮށްފައިވާއިރު، ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް އެއްވެސް ހުއްދައެއް ނެތި ދުވަހު ކުއްޔަށް ކޮޓަރިތައް ދޫކުރަމުންދާކަމަށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން، (އާކް) އިން ބުނެފިއެވެ.

ހުކުރު ދުވަހު އާރކުން ނެރުނު ބަޔާނެއްގައި މާލޭގެ ގެސްޓްހައުސްއެއްގައި އުމުރުން 11 އަހަރާއި 16 އަހަރުގެ އަންހެން ކުއްޖަކު އޮޅުވާލައިގެން ގެސްޓްހައުސް އަކަށް ގެންގޮސް ރޭޕްކުރި މައްސަލަ ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އެގޮތުން ގެސްޓްހައުސްތަކުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަން ޤަވާއިދުން މޮނިޓަރ ނުކުރެވޭކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އާރކުގެ ބަޔާނުގައި ބުނީ، ގެސްޓްހައުސްތަކުގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ނާޖާއިޒް ފައިދާ ނެގުމުގެ މައްސަލަތައް ނުވަތަ އެކްސްޕްލޮއިޓޭޝަން ހުއްޓުވުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި އެކްސްޕްލޮއިޓް ކުރުމުގެ މަޤްޞަދުގައި ކުޑަކުދިން އެއްރަށުން އަނެއް ރަށަށް ގެންދާކަމަށް ރިޕޯޓްކުރެވޭ މައްސަލަތައް އިތުރުވަމުންދާތީ، އިންސާނީ ވަގުފާރިން ކުޑަކުދިން ރައްކާތެރި ކުރުމަށްޓަކައި ދަތުރުފަތުރުކުރުމާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތައް އިތުރަށް ހަރުދަނާ ކުރުމަށްވެސް އާރކުން ގޮވާލާފައިވެއެވެ.

އޭގެ އިތުރުން، ޤާނޫނު ތަންފީޒުކުރާ ފަރާތްތްކާއި، ޝަރުޢީ އަދި އިޖްތިމާއީ ދާއިރާގައި ރަނގަޅުކުރަން ހުރި ގިނަ ކަންތައްތަކެއްގެ ސަބަބުން ކުޑަކުދިން އަނިޔާއިން ރައްކާތެރި ކުރުމަށް ބޮޑެތި ހުރަސްތަކެއް ހުރިކަން އާރކްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކުޑަކުއްޖަކަށް އަނިޔާއެއް ލިބެމުންދާކަމަށް ޝައްކު ކުރެވޭނަމަ ލަސްނުކޮށް ޗައިލް

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!