އުފަން ދުވަހުގެ ސެޓްފިކެޓް ހަދަން ހުށަހަޅަން ޖެހުން ނިމުމަކަށް

ރާއްޖޭގައި އުފަންވާ އަދި މަރުވާ މީހުންގެ ހުރިހާ މައުލޫމާތެއް އެއްތަނަކުން ލިބޭ ގޮތަށް އުފައްދާފައިވާ “ގެމެން” މޮޑިއުލް ޖުލައި މަހުން ފެށިގެން ބޭނުންކުރަން ނިންމައިފި އެވެ.

“ގެމެން” މޮޑިއުލްއަކީ، ދިވެހި ރައްޔިތުންގެ އުފަންދުވަހުގެ ރަޖިސްޓްރީ އާއި، ރައްވެހިންގެ ރަޖިސްޓްރީ އާއި، ގޯތި ގެދޮރުގެ ރަޖިސްޓްރީ ބަލަހައްޓަން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ، އެންސީ.އައި.ޓީ އާއި ގުޅިގެން ތައްޔާރުކުރި މޮޑިއުލްއެކެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު “މިހާރު” އަށް ވިދާޅުވި ގޮތުގައި ކުއްޖަކު އުފަންވުމާ އެކު ހޮސްޕިޓަލުން ފޫޅުމައި ފޯމު ފުރުމާ ހަމައިން ހުރިހާ ތަނަކަށް ބޭނުންވާ މައުލޫމާތެއް މި މޮޑިއުލް އިން ލިބޭނެ އެވެ. އެގޮތުން ސިޓީ ކައުންސިލަށް މައުލޫމާތު ލިބި ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ނުގޮސް މީގެ ފަހުން ޖެހޭނީ އައިޑީކާޑަށް ވެސް ހަމަ އެކަނި ފޮޓޯ ދޭން ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރަށް މީހަކު މަރުވެ ހޮސްޕިޓަލުން މީހާގެ މަރު ސާބިތުކުރުމާއެކު އެ މައުލޫމާތު ވެސް ކަމާބެހޭ އިދާރާތަކަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ މިއީ އެތައް ގޮތަކުން ފަސޭހަތައް ލިބޭނެ މޮޑިއުލްއެއް ކަމަށް ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!