އަންނަ ހަފުތާއިން ފެށިގެން އައްޑޫ ސިޓީގައި ކޮވިޑްއަށް ޓެސްޓްކުރަން ފެށޭނެ

އަންނަ ހަފުތާއިން ފެށިގެން ކޮވިޑް-19 އަށް ޓެސްޓްކުރަން ފެށޭނެ ކަމުގައި އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ސޯދިގު (ސޯބެ)އާ ހަވާލާދީ “މިހާރު” ނޫހުން ބުނެފައިވަނީ އައްޑޫގައި ކޮވިޑް-19 ޓެސްޓު ހެދުމަށް ބޭނުންވާ ޕީސީއާރު މެޝިން ރާއްޖެއިން ބޭރުން މިހާރު ރާއްޖެއަށް ގެނެސްފައިވާ ކަމުގައެވެ. އަދި އެމެޝިނު އައްޑޫއަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކެއް ކަމާ ގުޅުންހުރި އިދާރާތަކުން ކުރަމުން ގެންދާ ކަމުގައި ސޯބެ މިހާރު ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. 

މީގެއިތުރުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވެސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑަށް ޓެސްޓު ކުރުމަށް ބޭނުންވާނެ މެޝިނުގެ އިތުރުން އެއާއި ގުޅުންހުރި ސާމާނު އައްޑޫއަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ ތަކެތި މިއަދު ނޫނީ މާދަމާ އައްޑޫއާ ހަމައަށް ދާނެ ކަމަށާއި މިއީ އައްޑޫ އަދި ފުވައްމުލަކު ރައްޔިތުންނަށް ވަރަށް އުފާވެރި ހަބަރަކަށް ވާނެ ކަމަށް ވެސް ނިހާދުގެ ޓުވީޓުގައިވެއެވެ. ހަމައެއާއެކު ވަރަށް އަވަހަށް އައްޑޫގައި ކޮވިޑަށް ޓެސްޓުކުރުން ހަމަޖެހިގެންދާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!