ދެކުނަށް ޔެލޯ އެލާރޓް ނެރެފި

45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނަށް ޔެލޯ އެލާރޓް ނެރެފިއެވެ.

މެޓްއޮފީހުން ޔެލޯ އެލާރޓް ނެރެފައިވަނީ މިރޭގެ 19:00 ން މިރޭގެ 22:00 އަށެވެ. ލ. އަތޮޅުން އައްޑޫ ސިޓީއަށް ނެރެފައިވާ މި ޔެލޯ އެލާރޓްގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް އެކަށީގެންވާކަމަށެވެ.

މި ފަސް އަތޮޅު ފިޔަވާ ރާއްޖޭގެ ދެން ހުރި އަތޮޅުތަކަށް މީގެ ކުރިން ރީނދޫ ސަމާލު ނެރެފައިވަނީ ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށެވެ.

މުޅި ރާއްޖެއަށް މިހާރު ރީނދޫ ސަމާލު ނެރެފައިވާއިރު، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސް ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!