ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.

\އެމްއެންޑީއެފުން ބުނެފައިވަނީ މިދުވަސްވަރު މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގައި ތަފާތު ހާދިސާތައް ހިނގަމުންދާކަމުގެ މައުލޫމާތު އެމްޑީއެފް ކޯސްޓްގާޑް މާލޭ ރީޖަން ކޮމާންޑް ސެންޓަރަށް ލިބެމުން އަންނަ ކަމަށެވެ.

“ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަން” އެމްއެންޑީއެފުން ބުނެފައިވެއެވެ.

45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނަށް ޔެލޯ އެލާރޓް ވަނީ ނެރެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!