ކެނެރީފް ރިސޯޓު ދެ އަހަރަށް ބަންދުކުރަނީ

އައްޑޫ ސިޓީގައި ހިންގަމުން އަންނަ ކެނެރީފް ރިސޯޓު އަންނަ ހޯމަ ދުވަހުން ފެށިގެން ދެ އަހަރު ދުވަހަށް ބަންދުކުރުމަށް ނިންމައިފިއެވެ.

ކެނެރީފް ރިސޯޓުން މިއަދު ވަނީ އެ ރިސޯޓުގެ އެކި ޑިޕާޓްމެންޓްތަކުގެ ވެރިންނަށާއި މުވައްޒަފުންނަށް މިކަން އަންގާފައެވެ.

އެގޮތުން އެ ރިސޯޓު ބަންދު ކުރަނީ ރިސޯޓު ގެއްލުމުގައި ހިންގަމުން އަންނާތީ ކަމަށާއި ސަރުކާރުން ލިބެންޖެހޭ އެހީތައް ރިސޯޓަށް ނުލިބޭ ކަމަށް ރިސޯޓު މެނޭގްމެނޓުން ބުނެއެވެ. އެހެންކަމުން ހާލަތު މިވަގުތު ހުރިގޮތުން ރިސޯޓުގެ އޮޕަރޭޝަންސްތައް މިވަގުތު ކުރިއަށް ގެންދެވެން ނެތުމުން ދެ އަހަރަށް ބަންދުކުރަން ނިންމީ ކަމަށްވެސް އޭނާ ވަނީ ޑިޕާޓްމެންޓުތަކަށް ވެރިންނަށް މިއަދު އަންގާފައެވެ.

 ކޮވިޑް-19 އާއި ގުޅިގެން ކެނެރީފް އަކީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ވެސް ބޭނުން ކުރަމުން އަންނަ ރިސޯޓެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!