އެއްލައްކަ ފޮލޮވަރުން ލިބުމުގެ އުފަލުގައި ކައިޒީންގެ ފޭނުންނަށް 3000 ޑޮލަރު

ކައިޒީން އަކީ ދިވެހިންގެ ތެރޭގައި މަޝްހޫރު މޮޑެލް އެކެވެ. އޭނާގެ މަޝްހޫރު ކަމާއި އެއްވަރަށް އޭނާގެ ރީތިކަމަށް ގިނަބަޔަކު ތައުރީފް ކުރެއެވެ. މިކަމުގެ ހެއްކަކަށް ކޮންމެ ދުވަހަކު ފޭސްބުކާއި ދުނިޔޭގެ ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އިންސްޓްގްރާމްގައި ދައުރުވާ ޕޯސްޓުތައް ހިމެނެއެވެ. މީގެ އިތުރުން ކައިޒީންގެ އިންސްޓަގްރާމް ފޮލޯވާސްގެ އަދަދު މި ވަނީ އެއްލައްކައަށް އަރާފައެވެ.

އެއްލައްކަ ފޮލޮވަރުން ލިބުމާއި ގުޅިގެން އަދި ކޮވިޑް-19 އާއި ގުޅިގެން ދަތިތަކެއް ދިމާވެފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި ސަޕޯޓަރުންނަށް ހަދިޔާއެއްގެ ގޮތުގައި 3000 އެމެރިކާ ޑޮލަރު ދިނުމަށް ކައިޒީން މި ވަނީ ނިންމާފައެވެ.

ކައިޒީން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ސަޕޯޓަރުންގެ ފަރާތުން އޭނާއަށް ވަރަށް ބޮޑަށް އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ. އެހެން ކަމުން އޭނާގެ ބައެއް ޝޫޓް ތަކުންނާއި މީސްމީޑިއާގެ ބައެއް ހަރަކާތްތަކުން ލިބުނު އެހީއިން 3000 ޑޮލަރު 3 ނަސީބު ވެރިއަކަށް ދޭން ނިންމައިފައިވާކަމަށް ކައިޒީން ބުނެފައިވެއެވެ. އެގޮތުން ކޮންމެ ނަސީބުވެރިއަކަށް ވެސް 1000 ޑޮލަރު ލިބޭނެ ކަމަށް އޭނާ ބުނެއެވެ.

ކައިޒީންގެ އިންސްޓަގްރާމްގެ މި ޕޯސްޓުގައި ބުނެފައިވަނީ މި ގިވްއަވޭގައި ބައިވެރިވުމަށްޓަކައި އޭނާގެ އިންސްޓަގްރަމް ފޮލޯ ކުރަން ޖެހެއެވެ. އަދި ގިވްއަވޭގެ ޕޯސްޓަށް ލައިކް ދިނުމަށް ފަހު، ތިން ރަހްމަތްތެރިއަކު ކޮމެންޓް ސެކްޝަންގައި ޓެގް ކުރަން ޖެހޭނެއެވެ. އެއަށް ފަހު، އަމިއްލަ ސްޓޯރީގައި އެ ޕޯސްޓު ޝެއާ ކުރަން ޖެހޭނެއެވެ.

މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް މި ގިވްއަވޭ ކުރިޔަށްދާނެ ކަމަށާއި ނަސީބުވެރިން ހޮވާނީ މިމަހުގެ 30 ވަނަ ދުވަހު ކަމަށް ކައިޒީން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!