ކަރަންޓީންކޮށްފައި ތިބޭ މީހުން ގެއިން ނުކުތުން މަނާކޮށް، އުސޫލު އިސްލާހްކޮށްފި

މާލޭގައި ތިބި މީހުން އެ މީހުންގެ އުފަން ރަށަށް ނުވަތަ ދިރިއުޅޭ ރަށަށް ގޮސް ގޭގައި ކަރަންޓީން ވެގެން ތިބޭއިރު ބޭރަށް ނުކުމެގެން ނުވާނެ ކަމަށް އޮތް އޮތުން ރޭ ބަދަލުކުރުމަށް ފަހު، އަނެއްކާ ވެސް ބޭރަށް ނުކުތުން މަނާކޮށް އުސޫލު މިއަދު އިސްލާހު ކޮށްފި އެވެ.

ރޭ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރުނު އިސްލާހުގައި ބުނެފައިވާގޮތުން، ގޮތުން ގޭގައި ކަރަންޓީނު ކުރާ މީހާ، ކަރަންޓީނު ކުރާ މުއްދަތުގައި ގެއިން ބޭރަށް ނިކުތުން އެދެވިގެން ނުވެއެވެ. ކުރިން އޮތީ ގެއިން ބޭރަށް ނިކުތުން އެއްކޮށް މަނާކޮށްފައެވެ.

ނަމަވެސް އެކަން އިސްލާހްކޮށް މިއަދު ނެރުނު އުސޫލުގައި ބުނެފައި ވަނީ، ގޭގައި ކަރަންޓީން ކުރާ މީހުން، ކަރަންޓީން މުއްދަތުގައި ގެއިން ބޭރަށް ނުކުމެގެން ނުވާނެ ކަމަށެވެ.

ކަރަންޓީންގައި ތިބޭ މީހުން ގެ އިން ބޭރަށް ނުކުމެގެން ނުވާނެ ކަމަށް ވަރަށް ސީދާކޮށް ބުނެފައި އޮތްއޮތުން ބަދަލުކޮށް، އެ އަށް ވުރެ ލުއި ކުރުމަށް ފަހު، ކުރީގެ ގޮތަށް އިސްލާހު ގެނެސް އަލުން އުސޫލު އާންމުކުރީ މީޑިއާތަކުގައި އެ ޚަބަރު ޖެހުމުންނެވެ.

އިސްލާހުކޮށް، މިއަދު މެންދުރު އާންމު ކޮށްފައިވާ އުސޫލުގައިވާ ގޮތުން، ކަރަންޓީން ކޮށްފައިވާ މީހާ، އެ މުއްދަތުގައި ގެއިން ބޭރަށް ނުކުމެގެން ނުވާނެ އެވެ. މިއީ ކުރިން ވެސް އަމަލުކުރަމުން އައި ގޮތެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!