ތުރާކުނު ކަރަންޓު މައްސަލަ ހައްލުކުރުމަށް ޖެނެރޭޓަރެއް ގެންގޮސްފި

ހއ. ތުރާކުނަށް ދިމާވާ ކަރަންޓު މައްސަލަ ހައްލުކުރުމަށްޓަކައި 250 ކިލޯވޮޓްގެ ޖެނެރޭޓަރެއް އެރަށަށް ގެންގޮސްފިއެވެ.

ތުރާކުނު ފެނަކަ ބްރާންޗުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ، ތުރާކުނުގައި ކަރަންޓު ދިނުމަށް ބޭނުންކުރަމުން ދިޔައީ 60 ކިލޯވޮޓްގެ ދެ ޖެނެރޭޓަރު ކަމަށެވެ. އެކަމަކު ރަމަޟާން މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި އޭގެތެރިން އެއް ޖެނަރޭޓަރު ހަލާކުވުމާއެކު ކަރަންޓު ދިނުމުގައި ދަތިތަކެއް ދިމާވި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން، އެކި ހިސާބުތަކުން ކަރަންޓު ކެނޑި ރައްޔިތުން ތަކުލީފުތަކާއި ކުރިމަތިލާން ޖެހުނުކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، މިއަދު ހެނދުނު އަލަށް ގެނެވުނު ޖެނެެރޭޓަރުގެ ސަބަބުން ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓު ޔަގީންކަމާއެކު ފޯރުކޮށްދެވޭނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!