11 އަހަރު ކުއްޖާ ރޭޕް ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަނީ

މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި 11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ، ތަހުގީގާއި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު، ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމްގެ އަރިހުން އެދިއްޖެ އެވެ. މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ސީޕީ ޕްރޮސިކުޓަރ ޖެނެރަލްގެ އޮފީހުގައި މިފަދަ އަމުރެއް ހޯއްދަވާ ދެއްވުމަށް އެދިވަޑައިގަންނަވާފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުންނެވެ.

މިއީ މިފަދަ ގޮތަކަށް ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓާދިނުމުގެ އަމުރެެއް ހޯދާ ދިނުމަށް ޕީޖީގެ ކިބައިން މިދިޔަ 5 އަހަރު ތެރޭގައި ފުލުހުން އެދުނު ފުރަތަމަ ފަހަރެވެ.

ގާނޫނުގައިވާ ގޮތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާއެއް ކޮށްގެން ހައްޔަރުކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސްއަށް އެދިވިދާނެ ކަމަށެވެ. އަދި އެގޮތަށް އެދިއްޖެނަމަ، ޕްރޮސިކިއުޓާ ޖެނަރަލް ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ވީއެންމެ އަވަހަކަށް އެފަދަ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ތަހުގީގު މަރުހަލާގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ ވަރަށް މަދު ހާލަތެއްގައި ނޫނީ އަމަލު ކުރާ ކަމެއް ނޫނެވެ. ނަމަވެސް ބޮޑެތި ކުށްތަކުގެ ތުހުމަތުވާ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ ލާޒިމް ކަމެއް ކަމަށް މިފަހުން ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!