މޯނާ ސިންގ ކައިވެނިކޮށްފި

 މޯނާ ސިން ކައިވެނިކޮށްފިއެވެ.

ހުކުރު ދުވަހު ބޭއްވި ކައިވެނީގެ ހަފްލާގެ ޕޮޓޯތަށް މިހާރު ވަނީ މުޅި މީސްމީޑިއާ ފުރާލާފައިއެވެ. ވަރަށް ސީދާ ސާދާ ކޮށް ކޮއްފައިވާ މި ކައިވެނީގައި ބައިވެރިވީ ހަމައެކަނި އާއިލާގެ މީހުންނާއި ގާތް ރަހުމަތްތެރިން އެކަންޏެވެ.

އުމުރުން 38 އަހަރުގެ މޯނާ އޭނާގެ ލޯބިވެރިޔާ އާއި ކައިވެނިކުރީ ޕަންޖާބުގެ ސަޤާފަތާއި އެއްގޮތަށް ބޭއްވި ހަފްލާއެއްގައެވެ. 

ރަތް ކުލައިގެ ލެހެނގާއެއްގައި ހުރި އިރު މޯނާ ހުރީ އުފަލުން ފޮޅިފައިއެވެ.

މޯނާ މަޝްހޫރު ވެގެން ދިޔައީ ސޮނީ އިން ގެނެސްދިން ސީރީޒް ޖެސީ ޖޭސީ ކޮއި ނެހީއިންނެވެ. މޯނާ ވަނީި ޑްރާމާގެ އިތުރުން ބައެއް ފިލްމު ތަކުން ވެސް ފެނިގެން ގޮއްސައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!