އާތިފް އަސްލަމް މިއުޒިކާއި ދުރަށް!

ޕާކިސްތާނަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް މިއުޒިކާއި ދުރަށް ދާން އުޅޭ ކަމަށް އެތައް ވާހަކައެއް ދެކެވެމުން ދެއެވެ. ޝޯވއެއްގައި ވާހަކަދައްކަމުން އޭނާ ވަނީ ދާއިރާއާ ދުރަށް ދާން އުޅޭ ކަމުގެ އިޝާރާތެއް ދީފައެވެ. އެހެން ނަމަވެސް އެއްކޮށް އެ ދާއިރާއާ ދުރަށް ދާން ބޭނުން ނުވާ ކަން އޭނާގެ ވާހަކަތަކުން އިނގެއެވެ.

ޒުވާނުން އަޑު އަހަނީ ހަމައެކަނި އޭނާގެ މިއުޒިކް ނޫން ކަމަށާއި، އޭނާގެ ދީނީ ބައެއް އެއްޗެހިވެސް އަޑު އަހާ ކަންވެސް އެނގޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

“އެހެން ނަމަވެސް އަދިވެސް އަހަރެން މިއުޒިކާއި ދުރަށް ނުދަން”

އަދި އޭނާގެ އުއްމީދަކީ މައްކާގައި ބަންގިގޮވާލާނެ ފުރުސަތެއް ލިބުން ކަމަށްވެސް އާތިފް ބުނެފައި ވެއެވެ. ޕާކިސްތާނުގައި ކޮވިޑް-19 ފެތުރެން ފެށިއިރު، އާތިފް ބަންގި ގޮވާ އަޑު އިވޭ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ.

އާތިފް އަސްލަމް ވަނީ ބޮލީވުޑްގެ ގިނަ ލަވަތަކެއް ކިޔާ މަޝްހޫރުކަން ހޯދާފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!