ކޭސްތައް އިތުރުވާތީ ބެއިޖީންގް ލޮކްޑައުންއަށް

ޗައިނާގެ ވެރިރަށް ބެއިޖިންގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާ ކަމަށް ނޭޝަނަލް ހެލްތު ކޮމިޝަން (އެންއެޗްސީ) އިން ބުނުމާ ގުޅިގެން ބެއިޖިންގެ ބައެއް ސަރަހައްދުތައް ލޮކްޑައުންކޮށް އެންމެ ބޮޑު ހޯލްސޭލް މާރުކޭޓް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ބެއިޖިން އިން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވް ހަ މީހުން ދާދި ފަހުން ފެނިފަ އެވެ. ޕޮޒިޓިވް ކޭސްތައް ފެންނަން ފަށާފައި މި ވަނީ ޗައިނާގެ ވެރި ރަށުން އެއްވެސް ކޭހެއް ނުފެންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. އެ މުއްދަތަށް ފަހު ފުރަތަމަ ކޭސް ފެނިފައި ވަނީ ހުކުރު ދުވަހު އެވެ. ޕޮޒިޓިވްވާ މީހުންނަކީ މިއިން ދުވަހަކު ގައުމުން ބޭރަށް ދަތުރުކޮށްފައިވާ ބައެއް ވެސް ނޫނެވެ.

ބެއިޖީންގްގެ ފެންގްތާއީ ޑިސްޓްރިކްޓްގައި އާންމުން ދިރިއުޅެން ހާއްސަކޮށްފައިވާ 11 ސަރަހައްދެއް ލޮކްޑައުން ކޮށްފައިވާއިރު، މި ސަރަހައްދުތަކުން ފެނުނު ގިނަ ކޭސްތަކެއް ގުޅެނީ ކައިރި ހިސާބެއްގައި ހުންނަ މަސްވިއްކާ ތަނަކާ ކަމަށް ސިޓީގެ އޮފިޝަލުން ވިދާޅުވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ޗައިނާ ތެރޭގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައެވެ. މިކަމުގައި އެންމެ އިސް ދައުރެއް އަދާކުރީ ހަރުކަށި ކަމާއެކު ތަންފީޒު ކުރަމުންދިޔަ ލޮކްޑައުންގެ އަމުރުތަކެވެ.

މިއަދު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށީ ޗައިނާއިންނެވެ. ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީއިން މި ބަލީގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!