FILE - In this file photo taken on Saturday, Nov. 23, 2019, President Volodymyr Zelenskiy and his wife Olena pay tribute at a monument to victims of the Great Famine in Kyiv, Ukraine. Olena Zelenska, the wife of Ukraine's President Volodymyr Zelenskiy, announced Friday she tested positive for the coronavirus. ( AP Photo/Efrem Lukatsky, FILE)

ޔޫކްރޭންގެ ފަސްޓްލޭޑީ ޕޮޒިޓިވް ވެއްޖެ

ޔޫކްރޭނުގެ ރައީސް، ވްލޮޑިމިއަރ ޒެލެންސްކީގެ އަނބިކަނބަލުން، އޮލޭނާ ޒެލެންސްކާ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަން ހާމަކޮށްފައި ވަނީ އެކަމަނާ އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވިދާޅުވީ، އެކަމަނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވީނަމަވެސް ފިރިކަލުންނާއި ދަރިން މި ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ.

ޕޮޒިޓިވްވީނަމަވެސް ހާލު ރަނގަޅު ކަމަށާއި، މިކަން އެނގުމާއިއެކު މިހާރު ހުންނެވީ އެކަހެރިވެވަޑައިގެން ކަމަށް އެކަމަނާ ވިދާޅުވެފައި ވެއެވެ.

ޔޫކްރޭންގައި މިހާތަނަށް ޖުމްލަ 29753 މީހަކަށް މި ބަލި ޖެހި، އޭގެތެރެއިން 870 މީހަކު މަރުވެފައި ވެއެވެ.

ޔޫކްރޭނުން ކޮވިޑް-19 އިން މިހާތަނަށް 13567 މީހަކު ރަނގަޅުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!