ރޭޕްކުރި ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީފި

މާލެ ގެސްޓްހައިސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީފިއެވެ.

އަނިޔާ ލިބިފައިވާ ކުއްޖާއަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅުންހުރި އިދާރާތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އަނިޔާ ލިބިފައިވާ ކުއްޖާ މިހާރު ރައްކާތެރި މާޙައުލަކަށް ބަދަލުކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މއްސަލާގައި ކޯޓު އަމުރެއްގެ ދަށުން 38 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ ވަނީ ހައްޔަރުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!