ރާއްޖެއިން 120 އަހަރުގެ މީހަކު ޕޮޒިޓިވްއެއް ނުވޭ

ރާއްޖެއިން ކޮވިޑް-19 އަށް 120 އަހަރުގެ މީހަކު ޕޮޒިޓިވް ނުވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިގޮތަށް ވިދާޅުވެފައިވާއިރު ކޮވިޑް-19 ގެ މައުލޫމާތު ހާމަކުރާ ވެބްސައިޓުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 120 އަހަރުގެ މީހަކު ހިމެނެ އެވެ. 

މިކަމާއި ގުޅިގެން އޮންލައިން އެޗްޕީއޭއިން ވިދާޅުވީ، ވެބްސައިޓުން އެމީހާގެ އުމުރަކީ 120 ގެ ގޮތުގައި ދައްކަނީ އުމުރު ޖަހަން ޖެހޭ ތަނުގައި އެއްވެސް އަދަދެއް ނުޖަހައި އަޕްޑޭޓްކުރުމުން އޮޓޯ އިން ކަމަށެވެ.

މިހާރު އެކަން ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

ރާއްޖެއިން މިއަދު އިތުރު 27 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވި އިރު ޕޮޒިޓިވް ވެފައިވަނީ 14 ދިވެހިންނާއި ބަންގްލަދޭޝްގެ 12 މީހުންނާއި އިންޑިއާ މީހެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!