ޕާކް ކޮށްފައި އޮތް ކާރަކަށް ގެއްލުންދިން މައްސަލައެއް ބަލަނީ

ހުޅުމާލޭގައި ޕާކް ކޮށްފައި އޮތް ކާރަކަށް ގެއްލުންދިން މައްސަލަ ބަލަން ފުލުހުން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ ހުޅުމާލޭ މަގުމަތީ ޕާކުކޮށްފައި އޮތް ކާރަކަށް ގެއްލުން ދީީފައިވާ މައްސަލައެއް މިއަދު ހެނދުނު 10:30 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ކާރަށް ދީފައިވާ ގެއްލުންތަކުގެ ތެރޭގައި ކާރުގެ ފަހަތު ޓެއިލް ލައިޓަށް ގެއްލުން ދިނުމުގެ އިތުރުން ހުރިހާ ބިއްލޫރިތަކެއް ތަޅާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!