މުދިމަކާއި އިސްލާމް ޓީޗަރަކު ކުޑަކުއްޖަކާ ބެހުނު މައްސަލައެއް ފެންމަތިވެއްޖެ

ނ. މާޅެންދޫގައި މުދިމަކާއި އިސްލާމް ޓީޗަރަކު ކުޑަކުއްޖަކާ ބެހުނު މައްސަލައެއް ފެންމަތި ވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން ނޫހަކުން ބުނެފައިވާ ގޮތުގައި މީގެ ތިން އަހަރު ކުރިން ހިނގާފައިވާ މި ހާދިސާގައި އެ ފިރިހެން ކުއްޖާއަށް ފުރަތަމަ، ޖިންސީ ގޯނާކުރީ ގުރުއާން ކްލާހެއް ވެސް ހިންގާ މުދިމެކެވެ. އަދި މުދިމުގެ އެ އަމަލުތަކުން ސަލާމަތް ކޮށްދިނުމުގައި އެހީތެރިކަމެއް ހޯދުމުގެ ބޭނުމުގައި އިސްލާމް ޓީޗަރަށް އެވާހަކަ ކިޔައިދިނުމުން އޭނާ ވެސް ވަނީ ނާޖާއިޒު ފައިދާނަގާ ބިރު ދައްކާ އެ ކުއްޖާއާ ބެހިފައެވެ.

މީގެ ދެ ދުވަސް ކުރިން ފުލުހުން ވަނީ އުތުރުގެ ރަށެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ދެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!