ޑރ.މުޢިއްޒު ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައިފި

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ހިންގާ ޖިނާއީ ތަހުގީގާ ގުޅިގެން މިރޭ ދެވަނަ ފަހަރަށް ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާގެ ބަޔާނެއް ނަގައިފިއެވެ.

ޑރ.މުޢިއްޒު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މިރޭ 20:15ގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑރ.މުޢިއްޒު ފުުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފައިވަނީ ރަށްރަށުގައި ހައުސިންގ ޔުނިޓްތަކެއް އަޅަން ހަވާލުކުރި ނޫމަޑި ކުންފުންޏާއެކު ވީ އެއްބަސްވުން އުވާލުމުން އެކުންފުންޏަށް ބޮޑު ބަދަލެއް ދޭން ޖެހުނު މައްސަލައިގައި ފުލުހުން ކުރަމުންދާ ތަޙްޤީޤާއި ގުޅޭގޮތުންނެވެ.

ނޫމަޑިއާއެކު އެއްބަސްވެފައިވަނީ އެކި ރަށްތަކުގައި 1100 ހައުސިން ޔުނިޓް އެޅުމަށެވެ. މި އެއްބަސްވުން އެއްވެސް ސަބަބެއްނެތި ކުރީގެ ސަރުކާރުން އުވާލުމާއި ގުޅިގެން އެއްބަސްވުން ބާޠިލްކުރި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް 2017ވަނަ އަހަރުވަނީ ހުށަހަޅާފައެވެ. ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ހުށަހެޅީ 2.3 ބިލިއަން ރުފިޔާ އާއި އާބިޓްރޭޝަނާގުޅޭ އެހެން ޚަރަދުތައް ހޯދުމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!