އިތުރު 40 މީހަކު ބަލިން ރަނގަޅުވެއްޖެ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 40 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މި 40 މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެ، ރަނގަޅުވި މީހުންގެ އަދަދު 1193 އަށް އަރާފައިވާ ކަމަށެވެ. 

މި ބައްޔަށް ރާއްޖޭގައި ފަރުވާ ހޯދަމުންދަނީ 773 މީހުންނެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު އުޅެނީ 2003 ގައެވެ. 8 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އަށް މީހަކު ވަނީ މަރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!