ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފި

ތަފާތު އެކި މައްސަލަތަކާ ގުޅިގެން އއ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ ބެލުމުގެ ދަށަށް ގެނެސްފައިހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ އިއްޔެ އއ. ހިމަންދޫ ޕޮލިސް ސްޓޭޝަންގައި ނައްތާލާފައިވަނީ 2017 ވަނަ އަހަރު އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތިން ފުޅި ބަނގުރަލާއި މި އަހަރު އއ. ހިމަންދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 18 ލީޓަރުގެ ހަތް ހަން ބަނގު އާވި ކަމަށެވެ.

ބަނގުރާ ނައްތާލުން އއ. ހިމަންދޫ ޕޮލިސް ސްޓޭޝަންގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!