ތައުލީމީ ދެ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

ތައުލީމީ ބިލާއި މަތީ ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ މި ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ކޮމިޓީގެ އީމެއިލް އެޑްރެހަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައި ދިނުމަށެވެ.

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު މުހައްމަދު މުހްތާޒެވެ. އެބިލްގައި ވެސް ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބޭތޯ ކަށަވަރުކުރުމަށް އޮނިގަނޑެއް ގާއިމުކުރަން ހިމަނާފަ އެވެ. މި ދެ ބިލު ވެސް ދިރާސާ ކުރަމުން އަންނަނީ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީންނެވެ.

ތައުލީމާ ބެހޭ ބިލަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު ފުރިހަމައަށް ލިބިދިނުމަށްޓަކައި ގާނޫނީ އޮނިގަނޑު ގާއިމް ކުރުމާއި ދަރިވަރުންގެ ހައްގުތަކާއި ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައެޅުމާ އެކު ތައުލީމު ދިނުމާ ބެހޭ ހަމަތައް ކަނޑައަޅާ ބިލެކެވެ.

އަދި މަތީ ތައުލީމުގެ ބިލަކީ ރާއްޖޭގައި މަތީ ތައުލީމު ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި، މަތީ ތައުލީމުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި، އެފަދަ މަރުކަޒުތައް ހިންގާނެ އުސޫލުތައް ކަނޑައަޅައި، މަތީ ތައުލީމުގެ ކަންކަން ވިލަރެސްކުރުމަށާއި އެފަދަ ތައުލީމު ދޭ މަރުކަޒުތައް މޮނީޓަރކޮށް އެތަންތަނުން ދޭ ހިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އެކުލަވާލި ބިލެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!