ފޮޓޯ:އަވަސް

އަޅުގަނޑުގެ އާއިލާއަށް ލިބުނު 37 ފްލެޓު މިހާރު ވަނީ 28 އަށް ވެއްޓިފައި: ހަލީލު

ހިޔާ މަޝްރޫއުގެ ފްލެޓްތަކުން ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލުގެ އާއިލާގެ 37 މީހަކަށް ފްލެޓް ލިބުން ކަމަށް އަޑުތައް އެރިއިރު މިހާރު ފްލެޓް ލިބުނު އަދަދު 28 އަށް އެރިކަމަށް އަޑުފެތުރޭތީ ހަލީލު ސުވާލުކުރައްވައިފި އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކެއްގެ ފޮޓޯއެއް ހިއްސާކުރައްވަމުން ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ހަލީލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާގެ އާއިލާއަށް ފްލެޓް “ފުންޏެއް” ލިބިފައިވާ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން ބުނަމުން އަންނަ ކަމަށެވެ. އެކަމަކު ހިތާމައަކީ އެ އަދަދު 37 އިން 28 އަށް މިފަހުން ވެއްޓުން ކަމަށެވެ.

ހަލީލުގެ ޓްވީޓުގައި އިތުރަށް ވިދާޅުވީ ފްލެޓުގެ އަދަދު ސުމަކަށް ބަދަލުވުމުގެ ކުރިން ފްލެޓް ކޮބާތޯ ސުވާލު ކުރައްވާފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!