ކުމުންދޫއަށް ފެނަކައިން 400 ކިލޯ ވޯޓުގެ ޖަނަރޭޓަރ ސެޓެއް ފޮނުވައިފި

ހދ. ކުމުންދޫ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް 400 ކިލޯ ވޯޓުގެ އާ ޖަނަރޭޓަރއެއް އެރަށަށް ފޮނުވައިފިއެވެ.

ފެނަކަ އިން މިއަދު ވިދާޅުވީ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް އެރަށަށް ފެނަކައިން ޖަނަރޭޓަރ ސެޓެއް ފޮނުވާފައިވާ ކަމަށެވެ.

އާބާދީއިތުރުވަމުން އަންނަ ރަށްތަކުގެ ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދިނުމުގެ ގޮތުން ފެނަކައިން އަންނަނީ ރަށްރަށަށް ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ފެނަކައިން އަންނަނީ ކުރަމުންނެވެ. ފެނަކައިން މިދިޔަ އަހަރުވެސްވަނީ 67 ރަށަކަށް ޖަނަރޭޓަރު ފޮނުވައި އިންސްޓޯލްކޮށް ބޭނުންކުރަން ފަށާފައެވެ. ފެނަކައިން ހިންގާ 148 އިންޖީނުގެ މެދުވެރިކޮށް، 154 ރަށަށް ފެނަކައިންދަނީ ކަރަންޓު ފޯރުކޮށްދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!