ދިގު އިންތިޒާރަކަށް ފަހު ޕީއެސް 5 ދައްކާލައިފި

ދިގު އިންތިޒާރެއްގެ ނިމުމަކަށްފަހު ގޭމު ކުޅޭ މީހުންނާއި ޕްލޭސްޓޭޝަން (ޕީއެސް)އަށް ލޯބިކުރާ މީހުންނަް ސޮނީއިން އެކުންފުނީގެ އެންމެ ފަހުގެ ޕީއެސް، ޕްލޭސްޓޭޝަން 5 ރޭ ދުނިޔެއަށް ލޯންޗުކޮށްފިއެވެ.

ސޮނީގެ ނެކްސްޓް ޖެނެރޭޝަން ގޭމިންގ ކޮންސޯލުގެ ދެ ވައްތަރެއް ވަނީ ދައްކާލާފައެވެ. ފުރަތަމަ ވައްތަރަކީ އެހެން ޕީއެސްގެ ގޭމުތައް ކުޅޭ ހެން ބުލޫރޭ ޑްރައިވް ނުވަތަ ޑިސްކު ލައްވައިގެން ކުޅެވޭ ވައްތަރެކެވެ. އަދި އަނެއް ވައްތަރަކީ އިންޓަނެޓުން ގޭމުތައް ޑައުންލޯޑް ކޮށްގެން ނުވަތަ ސްޓްރީމްކުރެވޭ ގޮތަށް ކުޅެވޭ ޑިޖިޓަލް އެޑިޝަން އެކެވެ.

މި ގޭމިންގ ކޮންސޯލާ އެއްކޮށް، ސޮނީ އިން ވަނީ މީގައި ކުޅެވޭނެ ގޭމުތައް ވެސް ދައްކާލާފައެވެ. އެގޮތުން، ރެޒިޑެންޓް އީވިލް ވިލެޖު، ހޮރައިޒަން 2: ފޯރބިޑެން ވެސްޓް ގެ އިތުރުން ސްޕައިޑަރ މޭން: މައިލްސް އެންޑް މޮރޭލްސް ފަދަ ގޭމު ތައް ހިމެނެއެވެ.

ހުދާއި ކަޅާއި ނޫ ކުލައިން ޗާލުކަން ގެނެސްދޭ ކޮންސޯލްގައި މުޅިން އާ ޑުއަލް ސެންސް ކޮންޓްރޯލާއި މި ޑުއަލް ސެންސްގެ ޗާޖިން ސްޓޭޝަނާއި އެޗްޑީ ކެމެރާ އާއި ޕަލްސް 3ޑީގެ ވަޔަލެސް ހެޑްސެޓް އަދި މީޑިއާ ރިމޯޓެއް ވެސް ހިމެނެ އެވެ.

މި ޕީއެސް މިއަހަރު ފަހުކޮޅު ވިއްކަން ފަށާއިރު ކޮވިޑްގެ ސަބަބުން ކިހާޑިމާންޑެއް އޮންނާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ނަމަވެސް ޕީއެސްގެ އެންމެ ފަހުގެ ކޮންސޯލްއަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!