މިދިޔަމަހު މީރާއަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށްވެއްޖެ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު ލިބުނު އާމްދަނީ 81 ޕަސެންޓު ދަށްވެއްޖެ އެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު މޭމަހުގެ ތެރޭގައި އެ އިދާރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ޖުމްލަ އަދަދަކީ 206.28 މިލިއަން ރުފިޔާއެވެ. މީގެތެރޭގައި ހިމެނޭ ޑޮލަރުން ބަލައިގަތް އާމްދަނީގެ އަދަދަކީ 7.03 މިލިއަން ޑޮލަރެވެ.

މީރާއިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީ އެހާ ބޮޑަށް ދަށްވެފައިވަނީ ކޯވިޑް-19 އާއިގުޅިގެން އިއުލާންކޮށްފައިވާ ލޮކްޑައުންގެ ސަބަބުން ޓެކްސް ސުންގަޑިތައް ފަސްކޮށްފައިވާތީ ކަމަށެވެ. އަދި ރާއްޖެއަށް އަލަށް ޓޫރިސްޓުން ނާންނާތީ އެވެ.

މިއަހަރުގެ މޭމަހު މީރާއަށް ބަލައިގަތް 206.28 މިލިއަން ރުފިޔާގެ ތެރޭގައި ހިމެމެނީ ޓެކްސްގެ ގޮތުގައި ލިބުނު 158.1 މިލިއަން ރުފިޔާއާއި ޓެކްސް ނޫން ގޮތްތޮތުން ލިބުނު 48.2 މިލިއަން ރުފިޔާއެވެ.

އެހެނިހެން ފީގެ ގޮތުގައި 13.2 ޕަސެންޓު ހިއްސާ ކުރެ އެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ 9.7 ޕަސެންޓު ހިއްސާ ކުރެ އެވެ.

ފާއިތުވި މޭމަހު ދައުލަތައް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. މީރާއަށް ބަލައިގަތް އާމްދަނީގެ %55 ހިއްސާކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!