ފޮޓޮ: ގޫގުލް

ގއ. އަތޮޅުން ގދ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް، ގދ. އަތޮޅުން ގއ. އަތޮޅަށް ޤައުމީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މި ދެ އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު، ގުރުގުރާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 14:00ން 18:00 އަށެވެ. ޤައުމީ މޫސުމާއިބެހޭ އިދާރާއިން ބުނިގޮތުގައި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުމަކީ އެކަށީގެންވާ ކަމެކެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެއާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!