ޔޫކޭގެ ގިނަ ބަޔަކު ތިބީ ރާއްޖެ އަންނަން ބޭނުންވެފައި

ޗުއްޓީ އަށް އެކި ގައުމުތަކަށް ދާން ބުކިން ހައްދާ މީހުންގެ އަދަދު އިނގިރޭސި ވިލާތުގައި ގިނަވެފައިވާ އިރު، އޭގެތެރެއިން ދެބައިކުޅަ އެއްބައި މީހުން ބޭނުންވަނީ ރާއްޖެ އަންނަން ކަމަށް އިނގިރޭސި ވިލާތުގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އެ ގައުމުގެ ނޫސްތަކުން ބުނާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން މި އަހަރުގެ ތެރޭގައި ޗުއްޓީ ހޭދަކުރުމަށް ގައުމުތަކަށް ދިއުން ރައްކާތެރިއެއް ނޫނެވެ. އެހެންވެ، އިނގިރޭސި ވިލާތުގެ ރައްޔިތުން ތައްޔާރުވެފައި ވަނީ “އެކްސްޓްރާ ސްޕެޝަލް” ޗުއްޓީއެއް ނެގުމަށް ކަމަށް ނޫސްތަކުގައިވެއެވެ

އިނގިރޭސި ވިލާތުގެ މަޝްހޫރު ޓްރެވަލް ކުންފުނި “ކޯނި” އިން ބުނެފައިވަނީ އަންނަ އަހަރު ޗުއްޓީ ހޭދަކުރަން ބުކިން ހައްދާފައިވާ މީހުންގެ އަދަދު ކުރީ އަހަރާ ބަލާ އިރު އިތުރު ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތް ނަމަވެސް އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ޓޫރިސްޓުންނަށް ހުޅުވާލަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!