ލޮކްޑައުންއާއި ހިލާފުވެގެން 8900ށް ވުރެ ގިނަ މީހުން ޖުރިމަނާ ކޮށްފި!

މާލެ ސިޓީގައި އިއުލާނު ކޮށްފައިވާ ފުރަބަންދު (ލޮކްޑައުން) އަމުރާ ޚިލާފު ވެގެން ޖޫރިމަނާ ކުރި މީހުންގެ އަދަދު 8900ށް ވުރެ އިތުރުވެއްޖެ އެވެ.

ފުލުހުން އާންމު ކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ލޮކްޑައުން އަމުރާ ޚިލާފުވެގެން މިހާތަނަށް 8915 މީހަކު ޖޫރިމަނާ ކޮށްފައި ވާއިރު، އޭގެތެރޭގައި މާލެއިން ޖޫރިމަނާ ކުރި 7963 މީހަކާއި، ހުޅުމާލެއިން ޖޫރިމަނާ ކުރި 812 މީހަކާއި، ވިލިމާލެއިން ޖޫރިމަނާ ކުރި 140 މީހަކު ހިމެނެއެވެ.

ބުރާސްފަތި ދުވަހު އެކަނި މާލެއިން 167 މީހަކު ޖޫރީމަނާކޮށްފައި ވާއިރު، ހުޅުމާލެއިން 12 މީހަކު އަދި ވިލިމާލެއިން ވެސް 7 މީހަކު ވަނީ ޖޫރީމަނާކޮށްފަ އެވެ. އެއާއި އެކު ބުރާސްފަތި ދުވަހު އެކަނި ޖުމުލަ 186 މީހަކު ވަނީ ޖޫރީމަނާ ކޮށްފަ އެވެ.

މި އަދަދުތަކާއެކު މިހާތަނަށް ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދަކީ 8,915،000ރ (އަށް މިލިއަން ނުވަލައްކަ ފަނަރަ ހާސް) އެވެ.

އޭގެ އިތުރުން، ލޮކްޑައުންގެ އަމުރުތަކާ ޚިލާފުވެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 589ށް އަރާފައެވެ. އޭގެ ތެރޭގައި މާލެއިން ހައްޔަރު ކުރި 540 މީހުންނާއި، ހުޅުމާލެއިން ހައްޔަރު ކުރި 46 މީހުންނާއި، ވިލިމާލެއިން ހައްޔަރު ކުރި 03 މީހަކު ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!