Blood sample tube positive with COVID-19 or novel coronavirus 2019 found in Wuhan, China

65 އަހަރުގެ މީހަކު އައްޑޫ ސިޓީީ އިން ޕޮޒިޓިވް ވެއްޖެ

އައްޑޫސިޓީގެ ގަމުގައި ހިންގަމުން އަންނަ އީކުއޭޓަރ ވިލެޖްގެ ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

އޭނާ ޕޮޒިޓިވްވެފައި ވަނީ މާލެއިން ރަށަށް ދިޔަ ފަހުން އައްޑޫ އެކްއަޓޯރިއަލް ހޮސްޕިޓަލްގައި ހެދި ޓެސްޓަށް ފަހު އެވެ.

އައްޑޫ އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 65 އަހަރުގެ އަންހެނެކެވެ. އަދި އެ އަންހެން މީހާއަކީ ހުރީ އަންހެން މާމަ ދަރިފުޅާއެކު ކަރަންޓީންގައި ކަމަށާއި، ނަމަވެސް އޭނާގެ ދަރިފުޅު ނެގެޓިވްއެވެ.

އެޗްޕީއޭއިން ބުނީ އެ މީހާގެ ހާލު ރަނގަޅު ކަމަށެވެ.

މިއީ އައްޑޫ ސިޓީން ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ މީހާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!