500ރ އަށް ވިއްކި ޓްރެއިނިން ގައިޑް ގެ މައްސަލަ ހޫނުވެއްޖެ!

ޓްރެއިން ވިތު ކައި އިން އޭނާގެ ފޮލޯވާރސްއަށް ވިއްކާފައިވާ ޓްރެއިނިންގް ގައިޑަކީ ނަކަލެއްކަމަށް ބުނެ މައްސަލަހޫނުވެއްޖެއެވެ.

500 ދިވެހި ރުފިޔާއަށް ވިއްކާފައިވާ މި ގައިޑުގައި މުޅިންވެސް ހިމަނާފައިވަނީ އިންޓާރނެޓުން ނަކަލުކުރެވިފައިވާ އާޓިކަލްތަކާއި މައުލޫމާތު ތަށްކަން ހާމަކުރަމުން ގިނަބަޔަކުވަނީ ފާޑުކިއުންތަށް އަމާޒުކޮއްފައެވެ.

މިކަމާ ގުޅިގެން ޓްވިޓާގައި ހިޔާލު ފާލުކޮއްފައިވާ ފަރާތަކުން ބުނެފައިވަނީ އުދަނގޫވަގުތޭބުނެ ކޮޕީ ޕޭސްޓްކޮށް 500ރުފިޔާއަށް ގައިޑުވިއްކުން ހަޑިކަމަށާއި ތޯރިގާ ވީޑިއޯތަށް ބެލުމުން މައުލޫމާތުނެތް މިންވަރު ހާމަވާކަމަށެވެ.

30 ޑޮލަރަށް ގަންނަން ލިބޭ މި ގައިޑުގައިވާ މައުލޫމާތުތަށް އިންޓާރނެޓުން ހޯދާލުމުން އަކުރުން އަކުރަށް ކޮޕީކޮށްފައި ހުރިތަން ފެންނަން ހުރީތީ ހައިރާންވާކަމަށް ބައެއްމީހުންބުނެފައިވެއެވެ.

މިފަދަ އަމަލުތަކަކީ ވަރަށް ސީރިއަސް ކަންތަށްތަށްކަން ހާމަކުރަމުން މީހަކު ވަނީ މިއީ އެހެންމީހުންގެ އެއްޗެހި ވަގަށް ނަގާ އަމިއްލަ އެއްޗެއްގެގޮތުގައި ދައުވާކުރުން ކަހަލަ ކަމެއް ކަމުގައި ސިފަކޮއްފައިވެއެވެ. އަދި މިފަދަ މީހުންގެ ދިފާއުގައި ވާހަކަ ދައްކާ މީހުންތިބެގެން ނުވާނެކަން ފާހަގަކޮއްފައިވެއެވެ.

އިތުރަށް ބައެއް މީހުންބުނެފައިވަނީ ދެމީހެއްގެ ކަސްރަތުތަށް އެއްގޮތްވެދާނެ ކަމަށާއި އެހެން ނަމަވެސް ލިޔެފައިވާ ޖުމްލަތަކާއި ބަސްތަށް ހަމަ ހުރިގޮތަށް ހުރުމަކީ މަސައްކަތަކާނުލާ އަމިއްލަ ފައިދާހޯދުމަށް ގަސްތުގައި ކޮއްފައިވާ އަމަލެއް ކަމަށެވެ.

މިގައިޑް އަމިއްލަ އެއްޗެއްކަމުގައި ބުނެ ވިއްކަމުންދާ ފަރާތާއި ދޭތެރޭ ޤާނޫނީ ފިޔަވަޅު އަޅަން ޖެހޭކަން ފާހަގަކޮށް ހަރުކަށި އިބާރާތުން މިކަން ދަނީ ގިނަބަޔަކު ކުއްވެރިކުރަމުންނެވެ.

އެހެން ނަމަވެސް ބައެއް ފަރާތްތަކުން ފާހަގަކުރާގޮތުގައި އޭނަގެ ވިސްނުމުގައި އެންމެ ރަގަނޅުގޮތުގައި އެކަންތަށްތަށް ކުރެވޭނެގޮތް އޭނަ އަންގައިދިނުމަކީ ކޮޕީކުރުންކަމުގައި ނުބެލެވޭނެއެވެ. އިންޓަރނެޓްގައި އެތަށް މައުލޫމާތެއް ހުންނަ އިރު އޭގެން ރަގނޅުމައުލޫމާތު އޮޅުން ފިލުވައިދިނުމަށް އޭނަކުރި މަސައްކަތެއްކަން ބައެއް މީހުން ފާހަގަކުރެއެވެ. އަދި އޭނާގެ ފޮލޯވާރސްއަށް އެ ގައިޑް ކަމުދިޔަކަން ބައެއް މީހުންގެ ކޮމެންޓްތަކުން އެގެންއެބައޮތެވެ. ވައިބާރ ގުރޫޕެއްގައިވެސް 200 އަށްވުރެ ގިނަމީހުން އެ ގައިޑް ގަތްކަމަށްބުނެ މީހަކު ޓްވިޓަރގައި ފާޅުކޮއްފައިވާ ހިޔާލަކަށް ކޮމެންޓްކޮއްފައިވާ ފަރާތަކުން ބުނެފައިވަނީ ވީޑިއޯ ކޯލްމެދުވެރިކޮށް ފަހަރަކު މީހަކަށް ގައިޑް ކޮއްދިނުމަކީ އުދަގޫކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން ޓްރެއިން ވިތު ކައި އޭނާގެ އިންސްޓަރގްރާމްގައި ބުނެފައިވަނީ އޭނާއަކީ ގޯސް މީހެން ނޫންކަމަށާއި އޭނާގެ ހިތަކީ ސާފުހިތެއްކަމަށާއި އަދި ނިޔަތްވެސް ގޯސް ނޫންކަމަށެވެ.

މިފަދަކަންތަށްތަށް މިހާރަކަށްއައިސްދަނީ ވަރަށް އާއްމުވަމުންނެވެ. ދާދިފަހުން ދިވެހިރާއްޖޭގެ ކުރެހުންތެރިއެއްގެ ކުރެހުން  އަމިއްލައެއްޗެއްކަމަށްބުނި ފަރާތަކާމެދުވެސް ވަނީ ދައުވާކޮއްފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!