ފޮޓޯ: ދެން

ދެ ކިޑްނީ ފެއިލްވެފައިވާ މިފްރާޙް އަށް ދީލަތި އެހީއެއް ވެ ދެއްވާ!

އެންމެ ތުއްތުއިރުން ފެށިގެން މިއަދާހަމައަށްވެސް ބައްޕައެއް އަޅާލުންނުލިބި ބޮޑުވަމުންއައި ޏ.ފުވައްމުލައް މާލެގަން /ފީށިގަޑިގެ މުހައްމަދު މިފްރާޙް އަލީއަށް މިއަދު މިވަނީ އަހަރެމެން އެންމެންގެ އެހީތެރިކަން ބޭނުންވެފައެވެ.

އުމުރުން އެންމެ 21 އަހަރުގައި މަރާއި ހަގުރާމަކުރަމުންދާ މިފްރާޙުގެ 2 ކިޑްނީވަނީ ފެއިލްވެފައެވެ. ކިޑްނީގެ އެންމެ %5 މިވަގުތު މަސައްކަތްކުރާއިރު ވީއެންމެ އަވަހަކަށް ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަކީ މިފްރާޙުގެ ފުރާނެ ސަލާމަތްކޮއްދެވޭނެ ހަމައެކަނި މަގެވެ. މިވަގުތު އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުންދާ މިފްރާހުގެ އެހީތެރިއެއްގެ ގޮތުގައި ކައިރީގައި ހުރީ އޭނާގެ ދޮންބައްޕައެވެ. އާއިލާގެ އެހެންމީހުންވެސް އޭނާގެގާތަށް އައުމަށް ދަނީ މަސައްކަތްކުރަމުންނެވެ. ޤައުމުގައި އޮތް ލޮކްޑައުންނާގުޅުގެން މާލެ ނާދެވިފައި ތިބިނަމަވެސް މަންމަ އާއި މުޅިއާއިލާ އޭނާއާއަށް ކިޑްނީ ހަދިޔާކުރުމަށް ތިބީ ތައްޔާރަށެވެ.

މިފްރާހުގެ އުފަންބައްޕަ ކިޑްނީދިނުމަށްވެސް އިންކާރުކޮއްފައިވާއިރު ފައިސާގެގޮތުންވެސް އެއްވެސް އެހީތެރިކަމެއް ނުދޭކަމަށް އޭނާގެ މަންމަ ފާހަގަކުރިއެވެ. މިއަދު މިފްރާހުއަށް ބޭނުންވަނީ ދީލަތި ހިތްތަކެއްގެ ހެޔޮދުޢާއާއި އެހީތެރިކަމެވެ. އާސަންދައިން ބޭސްފަރުވާގެ ކަންތަށްތަށް ހަމަޖެހިގެން ދިޔަޔަސް ރާއްޖެއިން ބޭރުގައި އެތަށް ދުވަހެއް ހޭދަކުރަންޖެހޭނެ މި އޮޕަރޭޝަނަށް އާއިލާގޮސް ތިބުމާއި ކެއުމާއި އަދި ދަތުރު ފަތުރުކުރުމުގެ ޙަރަދުތަކަށް އެއާއިލާއިން ވަނީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމަށް އެދިފައެވެ.

ކިތަންމެ ކުޑަނަމަވެސް އެހީއެއް މިއަދު މިފްރާޙުގެ އާއިލާއަށް ދެވެންއޮތް ކޮންމެ މީހަކު ދެއްވުމަކީ އިންސާނިއްޔަތަށްޓަކައި ކުރެވޭ ޞަދަޤާތެކެވެ. އެގޮތުން އެހީތެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ:

ބީއެމްއެލް ރުފިޔާ އެކައުންޓް ނަންބަރ:7711433567101 ( މަރިޔަމް ހަސަން ދީދީ )

7711432508101 ( ހަސަން މުހައްމަދު)   

ބީއެމްއެލް އެކައުންޓް ނަންބަރ: 7730000056478 ( ހަސަން މުހައްމަދު)

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9171875 ( މަރިޔަމް ހަސަން ދީދީ) އަށް ގުޅުއްވުމަށް އާއިލާއިން އެދިލައްވައެވެ.

މާތްﷲ މިފްރާޙްއަށް އަވަސް ޝިފާއެއް މިންވަރުކޮއްދެއްވާށިއެވެ.(އާމީން)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!