ރާއްޖޭގައި ތިބީ 905 ޑޮކްޓަރުންނާއި 2907 ނަރުހުން

ރާއްޖޭގައި ތިބީ 905 ޑޮކްޓަރުންނާއި 2907 ނަރުހުން ކަމަށް އެންއީއޯސީން ބުނެފިއެވެ.

އެންއީއޯސީން މިހެން ބުނީ ލޮކްޑައުންއަށް ބޮޑެތި ލުއިތަކެއްދީ ނިއު ނޯމަލްގައި އަމަލު ކުރާ ގޮތްތަކާ ބެހޭގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިއެވެ. އެގޮތުން އެންއީއޯސީން ވަނީ ނިއު ނޯމަލްގައި މާލެ ސަރަހައްދު ހުޅުވާލުމުން ދެވަނަ ރާޅެއް އައިސްފިނަމަ ހިދުމަތް ދިނުމަށް ހުރި ކެޕޭސިޓީގެ ތަފްސީލު ހާމަކޮށްފައެވެ.

އެންއީއޯސީން ބުނީ މިހާރު ރާއްޖޭގައި ތިބީ 905 ޑޮކްޓަރުންނާއި 2970 ނަރުހުން ކަމަށެވެ. އަދި އޭގެ ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލުގެ 60 ނަރުހުންނާއި 120 ނަރުހުން ހިމެނޭ ކަމަށް އެ ސެންޓަރުން މައުލޫމާތުދެއެވެ.

މިހާރު ރާއްޖޭގައި ދުވާލެއްގެ މައްޗަށް 1145 ޕީސީއާރް ޓެސްޓު ކުރެވޭއިރު، މި ކެޕޭސިޓީ އަންނަ މަސް ފެށުމުގެ ކުރިން އިތުރު ކުރެވޭނެ ކަމަށް ބުނެއެވެ. ދުވާލެއްގެ މައްޗަށް 1145 ޓެސްޓު ކުރެވޭއިރު، އެއީ ފުލުހުންގެ ލެބުން ކުރާ 145 ޓެސްޓާއި އައިޖީއެމްއެޗުން ކުރާ 500 ޓެސްޓު އަދި އޭޑީކޭއިން ކުރާ 500 ޓެސްޓެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ވަކި ވަގުތުތަކެއްގައި މާލެ ސަރަހައްދުގައި ބޭރުގައި އުޅެވޭނެ ކަން އެޗްޕީއޭ އިން އިއްޔެ ވަނީ ހާމަކޮށްފި އެވެ. އެއީ ފަތިހު 5 ން ރޭގަނޑު 10 ޖަހަންދެނެވެ. އޭގެ ފަހުން ބޭރުތެރޭގައި އުޅެވޭނީ ހުއްދަ ލިބިގެންނެވެ.

ހޯމަ ދުވަހުން ފެށިގެން ބޮޑު ލުޔެއް ދޭން ނިންމާފައިވާއިރު، ދުވުމާއި ކަސްރަތު ކުރުމަށް ދެވޭނީ ހަވީރު 6 ން ރޭގަނޑު 9 އާ ދެމެދު ކަމަށެވެ. ކުޑަކުދިންނަށް ބޭރުގައި އުޅެވޭނީ ހަވީރު 4-6 އަށެވެ. ހޯމަ ދުވަހުން ފެށިގެން ޕާކްތަކާއި މައިޒާންތައް ވެސް ހުޅުވައިލާނެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ބޭރުތެރޭގައި އުޅެވޭނީ ފަތިހު 5 ން ހެނދުނު 8 އަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!