ބަންގްލަދޭޝްގެ އިތުރު 200 މީހުން އަނބުރާ ގައުމަށް

ބަންގްލަދޭހުން ރާއްޖެ އައިސް ގަވައިދާހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ އެ ގައުމުގެ 200 މީހަކު އަނބުރާ އެ ގައުމަށް ފޮނުވާލައިފި އެވެ.

މޯލްޑިވިއަނުން މިއަދު ބުނީ ކޮވިޑްގެ ލޮކްޑައުން ތެރޭގައި ބަންގްލަދޭޝްގެ 200 މީހުން ގޮވައިގެން މޯލްޑިވިއަންގެ ފްލައިޓެއް ޑާކާއަށް ފުރާފައިވާ ކަމަށާއި މިހާތަނަށް ބަންގްލަދޭޝްގެ ހާހަކަށްވުރެ ގިނަ މީހުން އަނބުރާ ގައުމަށް ފުރުވާލާފައިވާ ކަމަށެވެ. ބަންގްލަދޭޝް މީހުން ފޮނުވާލުމުގެ މަސައްކަތް ކުރަނީ އިކޮނޮމިކް މިނިސްޓްރީއާ ފޮރިން މިނިސްޓްރީން ގުޅިގެންނެވެ.

ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތި އުޅޭ ބިދޭސީން އެނބުރި ގައުމަށް ފޮނުވާލަން ސަރުކާރުން ދަނީ ރިޕެޓްރިއޭޝަން ފްލައިޓުތައް ބާއްވަމުންނެވެ.

ގަވާއިދާ ހިލާފަަށް، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 60،000 އަށް ވުރެ ގިނަ ކަމަށް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!