ތެކްސް ބެޓާ ސައިފް ކަރީނާ އަށް ޝުކުރު އަދާކުރީ މިހެން!

ހިންދީ ފިލްމު އިންޑަސްޓްރީގައި އުމުރުން ތަފާތުބޮޑު ޖޯޑުތަށް ވަރަށް ގިނައެވެ. ކަރީނާ ކަޕޫރު އަދި ސައިފް އަލީ ހާން ޖޯޑަކީ މިގޮތުން ވަރަށް ފާހަގަކޮއްލެވޭ ޖޯޑެކެވެ. ސައިފްއަށްވުރެ 10 އަހަރު ހަގު ކަރީނާއާއި ސައިފް ކައިވެނީގެ ގޮތުން ގުޅިފައިވަނީ 2012ވަނަ އަހަރުގެ އޮކްޓޯބަރ 16ގައެވެ. ސައިފީނާ ޖޯޑުގެ ނަމުން މަޝްހޫރު މި ޖޯޑުގެ ލޯބީގެ ގުޅުން ފެށުނުކަމަށް ބުނެވެނީ ފިލްމު ޓަޝަންގެ ސޫޓިންގެ ތެރެއިންނެވެ.

ސައިފް އަލީ ޙާން އަކީ ކުރިންވެސް ކައިވެންޏެއް ކޮށް އެކައިވެނީގައި 13 އަހަރު ހޭދަކޮއްފައިވާ މަޝްހޫރު ސްޓާރެކެވެ. މިކައިވެންޏަށް 2 ކުދިން ލިބިފައިވާއިރު ސައިފްގެ އޭރުގެ އަބިމީހާއަކީވެސް ހިންދީ ފިލްމު އިންޓަސްޓްރީގައި ފިޔަ ޖަހާލި އެކްޓްރެސްއެކެވެ.

އިންޑިއާ ޓުޑޭގެ ރިޕޯރޓް ބުނާގޮތުން ސައިފް އަލީ ޙާން އާއި އަމްރިތާ ސިން ( ސައިފްގެ ކުރީގެ އަބިމީހާ) ގެ ކައިވެނީގެ ފުރަތަމަ އެނިވަސަރީ ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފްލާއަށް ކަރީނާ ވަނީ ގޮސްފައެވެ. އޭރު ކުޑަ ކުޑަ ކަރީނާ ކަޕޫރު ” ކޮންގްރެޓްސް އަންކަލް  ” މިގޮތަށް ސައިފްއަށް މުހާތަބު ކޮއްފައިވާއިރު ސައިފް ޖަވާބުގައި ބުނެފައިވަނީ “ތެންކްސް ބޭޓާ”  މިގޮތަށެވެ. މިކަމަށް ޖޯކު ޖަހާ ގިނަ ބަޔަކު ވާހަކަ ދައްކަމުން ދާއިރު އިންޑިއާ ޓްޑޭގެ ކޮލަމިސްޓް ބުނެފައިވަނީ މިއިން ލިބިގަންނަންވީ ފިލާވަޅަކީ ކައިވެނީގެ މަރުހަބާ ކިޔާ އަންހެންކުދިންނަށް ‘ބޭޓާ” މިގޮތަށް މުހާތަބު ނުކުރުމެވެ. ބޭޓާ އަކީ ހިންދީން ދަރިފުޅަށް މުހާތަބުކުރާ ލަފްޒެކެވެ.

ކަރިނާ އާއި ސައިފްއަށް ދަރިއަކު ލިބިފައިވާއިރު ސައިފްގެ ދަރިން މިހާރު ވަނީ ފިލްމު އިންޑަސްޓްރީއަށްވެސް ނިކުމެފައެވެ. ލަވް އާޖު ކަލްގައި ސައިފްގެ އަންހެން ދަރިފުޅު ސާރާ ހަރަކާތްތެރިވެފައިވެއެވެ. އަދި ކަރީނާ އާއިމެދު ސާރާގެ ހިޔާލު އޭނާ ވަނީ ކޮފީ ވިތު ކަރަންގައި ހާމަކޮއްފައެވެ.

ސާރާ ބުނާގިތުގައި އޭނާގެ މަންމަގެ މަޤާމުގައި ހުންނާނީ އަބަދުވެސް އުފަން މަންމައެވެ. އަދި ކަރީނާ ބަލައިގަނެވިފައިވަނީ ގާތް ރަޙްމަތްތެރިއެއްގެ ގޮތުން ކަމަށާއި އޭގެ އިތުރުން ބައްޕަގެ އަބިމީހާއަށްވީތީ ދޭންޖެހޭ ހުރިހާ އިޙްތިރާމެއް ދެވޭކަމަށް ބުނެފައިވެއެވެ. އަދި  ކަރީނާ އަށް އިޙްތިރާމުކުރުމަށް އަބަދުވެސް އޭނާގެ މަންމަ އަމްރިތާ ބާރު އަޅާކަމަށް ސާރާގެ ވާހަކައިން ހާމަވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!