ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 7 މިލިއަނަށްވުރެ މައްޗަށް

ކޮވިޑް-19 އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު 7.5 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެ ގަޑިން މިއަދު ހެނދުނު 07:30 ގެ ނިޔަލަށް މުޅި ދުނިޔެއިން 7595794 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 3330621 ކޭހަކީ އެކްޓިވް ކޭސް ކަމަށްވާއިރު، 3276719 މީހެއްގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 53902 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލްއެވެ.

ކްލޯޒްޑް ކޭސް ނުވަތަ ވަކި ގޮތަކަށް ނިމިފައިވާ ކޭސްތަކުގެ ތަފްސީލަށް ބަލާއިރު ފަރުވާ ހޯދާ ޝިފާ ލިބިފައިވާ މީހުން ނުވަތަ ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުތަކުން ދޫކޮށްލާފައި ވާ މީހުންގެ އަދަދަކީ 3841354އެވެ. އަދި މި ބަލީގައި މަރުވެދިޔަ މީހުންގެ އަދަދަކީ 423819 އެވެ.

މި ބައްޔަކީ މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ، ބައްޔެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!