މާލޭގެ ގެސްޓް ހައުސެއްގައި ކުޑަ ކުއްޖަކު ރޭޕްކޮށްފި

މާލޭގެ ގެސްޓް ހައުސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފި އެވެ.

މިހާދިސާ ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.

ފުލުހުން ވިދާޅުވީ މާލޭގެ ގެސްޓް ހައުސްއެއްގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާތީ އެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

މާލެ ލޮކްޑައުން ކޮށްފައި ވަނިކޮށް ކުޑަ ކުއްޖަކު ގެސްޓް ހައުސްއަކަށް ގެންދިޔައީ ކިހިނެއް ކަމާއި މިމައްސަލަ ފުލުހުންނަށް ހުށަހެޅުނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެއެވެ.

އެކުއްޖާ ރޭޕް ކޮށްފައި ވަނީ 18 އަހަރު ފުރިފައިވާ ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!