ކައިވެންޏެއް ދެމިގެންދާނެ ކަމުގެ ނިޝާންތައް

ރާއްޖޭގައި ކުރާ ގިނަ ކައިވެނި ތަކަކީ، ކުރު މުއްދަތެއްގެ ތެރޭގައި ރޫޅޭ ކައިވެނިތަކެކެވެ. އެކަމުގެ ސީދާ ސަބަބު ބުނަން ނޭނގުނަސް، ކައިވެންޏެއް ރޫޅެނީ ދެމީހަކަށް އެކުގައި ނޫޅެވިގެންނެވެ. ވީމާ، ކައިވެނި ނުރޫޅި، ގިނަ ދުވަސްތަކަކަށް ދެމިގެންދަނީ ކޮން ސަބަބުތަކަކާ ހުރެ ހެއްޔެވެ؟ އެގޮތުން، ކައިވެންޏެއް ދެމިގެންދާނެކަން ދައްކުވައިދޭ ބައެއް ނިޝާންތަކަށް ބަލައިލަމާ ހެއްޔެވެ.

1. އިތުބާރު: ދެމަފިރިންގެ ދެމެދުގައި އިތުބާރު އޮންނަ ނަމަ، ބޭކާރު އެތައް މައްސަލައެއް ޖެހުމުން ދުރުކޮށްދޭނެ. އެހެންކަމުން، ކައިވެނީގެ ކުރީކޮޅުން ފެށިގެން އެކަކު އަނެކަކުގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރަން ވާނެ.

2. ތަޢުރީފު: ލޯބިވާ ދެމީހުން އެކަކު އަނެކަކަށް ތަޢުރީފު ކުރުމަކީ ލޯބި އިތުރުކޮށްދޭ ކަމެއް. މިއީ ހަމައެކަނި ރައްޓެހިވެގެން އުޅޭ ދުވަސްކޮޅު ކުރަން އޮންނަ ކަމެއް ނޫން. ކައިވެނި ކޮށްގެން ދެމަފިރިން އެކަކު އަނެކަކުގެ ރަނގަޅު ކަންކަން ފާހަގަކޮށް ތަޢުރީފު ކުރަން ވާނެ.

3. ފައިސާ: ފައިސާއަކީ ގިނަ ކައިވެނިތަކުގައި ރެނދުއެޅުމުގެ މައިގަނޑު ސަބަބު. ނަމަވެސް ދެމަފިރިންނަކީ ރަނގަޅު ވަޒީފާތަކުގައި އުޅޭ، އާމްދަނީ ލިބޭ ދެމީހުން ނަމަ، ފައިސާގެ ސަބަބުން ދިމާވާ މައްސަލަތަކުން ދުރުކޮށްދޭނެ. ނުވަތަ، ފައިސާ ޚަރަދު ކުރަންވީ ގޮތާމެދު ދެމަފިރިންގެ ދެމެދުގައި އެއްބަސް ވެވޭނަމަ، އެއީވެސް މައްސަލަތަކުން ދުރުކޮށްދޭނެ ކަމެއް.

4. ޝުކުރުވެރިވުން: ދެމަފިރިން އެކަކު އަނެކަކަށް ކޮށްދޭ ކަންތައްތައް ބަލައިގަނެ، އެކަންކަމާމެދު ޝުކުރުވެރިވާން ވާނެ. އެއީ ކިތައްމެ ކުޑަ ކަމެއް ނަމަވެސް، ލޯބިން ކޮށްދޭ ކޮންމެ ކަމެއް ބަލައިގަންނަން ވާނެ. އޭގެ ބަދަލުގައި ފާޑުކިޔާ ނަމަ، އަނެކާ މާޔޫސްވާނެ.

5. އިޙުތިރާމު: މިއީ ވެސް ކައިވެނި ދަމަހައްޓައިދޭ ވަރަށް މުހިއްމު ސިފައެއް. ދެމަފިރިން ވާންޖެހޭނީ އެކަކު އަނެކަކަށް އިޙުތިރާމު ކުރާ ބަޔަކަށް. އަދި އަނެކާ ދެރަވާފަދަ ކަންތައްތައް ކުރުމުން ދުރުވާން ވާނެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!